Ibrahim Mohamed Solih (@ibusolih )

Ibrahim Mohamed Solih

Bio President of the Republic of Maldives
Location Maldives
Tweets 492
Followers 118,1K
Following 105
Account created 20-03-2012 08:01:01
ID 531018157

Twitter for iPhone : ހޮޅުދޫ ޢަބްދުﷲއަކީ މަދަޙަ ވިދާޅުވުމާއި، ތަޢުލީމާ ތިމާވެއްޓާ ޤައުމިއްޔަތުގެ ދާއިރާއިން މީހުން ހޭލުންތެރިކުރުމަށް، ލަވަވިދާޅުވުމުގެ ފަންނުގަ އަގުހުރި ޤައުމީ ޚިދުމަތްތަކެއްކޮށްދެއްވި ބޭފުޅެއް. މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

Twitter for iPhone : The Maldives welcomes the Glasgow Climate Pact that was agreed to at .

The crucial 1.5C is alive. However, there is still a lot of work to be done.

The Maldives calls upon all nations to do all that is necessary to ensure that climate ambition becomes climate reality.

Twitter for iPhone : ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުނުކުރެވޭ ވަރުގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތަޢުޒިޔާ ދަންނަވަން. މާތް لله މަރުޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

Twitter for iPhone : އުފާވެރި 54 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ އަދި އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގަ. މިއަދުވެސް މިއުސޫލުން ރާއްޖެ ހިނގާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާކަމެއް.

Twitter for iPhone : އިސްލާމީ ހިދާޔަތުން ދިވެހިންގެ ހިތްތަކަށް އުޖާލާކަން ލިބުނު މަތިވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަން. ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާގައި އަޅަމެންގެ ހިތްތައް ސާބިތުކުރައްވައި، އިސްލާމީ ހިދާޔަތުގައި ރާއްޖެ ތާއަބަދަށް ލަހައްޓަވާށި. އާމީން

Twitter for iPhone : ނަޞްރުގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަން. އެދުވަހުގެ ނުރައްކާތެރި ޙަމަލާގައި، ޤައުމުގެ ދިފާޢުގައި ޝަހީދުވެވަޑައިގެންނެވި، ސިފައިންނާއި، ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރަން.

Twitter for iPhone : މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މަތިވެރި ހަނދާންތައް އައުކުރާ މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް އަރިސްކުރަން.

Twitter for iPhone : މިއަދު ހަވީރު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ މަރުގެ ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން ހިތާމައާ އެކުގަ. ނާހިދާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ގެއްލުނު ކުޑަ ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

Twitter for iPhone : Congratulations to our young champ Fathimath Dheema for making history by becoming the first Maldivian table tennis player to qualify for the World Junior Championships! My best wishes for a remarkable performance. I have no doubt she will do the country proud.