Citizen (@ctznmv) 's Twitter Profile
Citizen

@ctznmv

Citizen Media - News Explained

ID: 1890112296988602373

linkhttp://citizen.mv calendar_today13-02-2025 18:54:33

86 Tweet

364 Followers

399 Following

Citizen (@ctznmv) 's Twitter Profile Photo

އުއްތަމަފަނޑިޔާޜުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުނަކީހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. citizen.mv/7032

Citizen (@ctznmv) 's Twitter Profile Photo

މުޅި ދައުލަތް ބޭޒާރުވެ ބޮޑެތި ހިޔާނާތް ފަޅާއަރާ މައްސަލަތަކަށް އިތުރުވި ސަފުހާއެކެވެ. މިފަހަރު އެ ސަފުހާގައި އޮތީ "ޝުޖާ ފައިލްސް" ގެ ނަމެވެ. citizen.mv/7051

Citizen (@ctznmv) 's Twitter Profile Photo

އިންތިހާބަށް ހުސް ކޮރަޕްޓު މީހުން ކުރިމަތިލައިފި ނަމަ ހަދަނީ ކިހިނެތް ހެއްޔެވެ؟ ވޯޓުލުމުގެ ހައްގު ދޫކޮށްލަން މަޖުބޫރުވީ ހެއްޔެވެ؟ ނުވަތަ ކޮރަޕްޓުކަން ކުޑަ ވާނެހެން ހީވާ މީހެއް ބަލާފައި އެ މީހަކަށް ބާރުތައް ދީ މަގާމަށް އިންތިހާބު ކުރަންވީ ހެއްޔެވެ؟ citizen.mv/7043

Citizen (@ctznmv) 's Twitter Profile Photo

ރައީސް އަންގަވައިގެން ހިންގެވި ތަހުގީގުން ވަނީ ފުރަތަމަ ބްލެކްއައުޓް ދިމާވި ސަބަބު ދެނެގަނެވިފަ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އިއްޔެ ކަރަންޓު ކެނޑުނީ ވެސް އެ މައްސަލަ ހައްލު ނުކޮށް އޮއްވަ އެވެ. އޭގެ ފަހަތުގައި އޮތީ ސިޔާސީ ކޯޅުމެއްގެ ތުހުމަތެވެ. citizen.mv/7050

Citizen (@ctznmv) 's Twitter Profile Photo

މީގެ އަހަރެއް ކުރިން ނަމަ ދައްކާނީ ޝުޖާއުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑު މައްސަލައިގެ ވާހަކަ އެކަންޏެވެ. އެކަމަކު އޭގެ 1 އަހަރާއި 5 މަސް ފަހުން މިކަން ފަޅާ އެރުމުން ތަހުގީގީ އިދާރާތަކުގެ އިހުމާލުގެ ވާހަކަ ދައްކަން ޖެހެ އެވެ. citizen.mv/7112

Citizen (@ctznmv) 's Twitter Profile Photo

އީޕީއޭ އަކީ މިނިވަން މުއައްސަސާއެއް ނަމަ، ސަރުކާރުން އެފަދަ ކަމެއް ކުރާ ނަމަ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރު ބޭނުންވާ ސްޕީޑުގައި ވެސް ކުރިޔަށް ގެންދަން ދަތި ވާނެ އެވެ. citizen.mv/7121

Citizen (@ctznmv) 's Twitter Profile Photo

5 އަހަރު ދައުރެއް ނިމިގެން ދާއިރު ރައްޔިތުންގެ މައްސަލަތައް އޮންނަނީ ހައްލު ނުވެ ކުރިން ވެސް އޮތް ހިސާބުގަ އެވެ. އެކަމަކު ހުސް އަތާ މަޖިލީހަށް ވަތް މެންބަރުން އެތަނުން ނުކުންނަނީ މަހުޖަނުންނަށްވެ ވިޔަފާރިތައް ފަށައި އެޕާޓްމަންޓުތައް ގަނެގެންނެވެ. citizen.mv/7119

Citizen (@ctznmv) 's Twitter Profile Photo

Thousands in Maldives stand united demanding an end to the genocide in Palestine. Cabinet ministers and public raise their voice against Israel atrocities.

Citizen (@ctznmv) 's Twitter Profile Photo

ފަޅު ތެރޭގައި ކުލަ ގަދަ ގެތަކާއެކު ފްލޯޓްވާ ބޮޑު ސިޓީއެއްގެ ކުރެހުންތަކާއި މޮޅެތި ވީޑިއޯތަކާ އެކު އެ ވާހަކަ ދައްކާތާ 15 އަހަރު ވެއްޖެ އެވެ. އަދިވެސް ދައްކަނީ ހަމަ އެ ފޮޓޯތަކާއި ކުރެހުންތަކެވެ. citizen.mv/6920

Citizen (@ctznmv) 's Twitter Profile Photo

ޔާމީނަށް މިއީ "ސިޔާސީ ފައިސާ" އެވެ. އެމަނިކުފާނުގެ ބަހުރުވައިން ނަމަ އެއީ "ހަލާލު ފައިސާއެއްތޯ" އެއްވެސް އިދާރާއަކުން ނުބަލަ އެވެ. އެ ފައިސާ ދިނީ ކާކު ކަމެއް ވިދާޅެއް ނުވެ އެވެ. އެކަންވެފައި އޮންނަނީ ޔާމީންގެ އެންމެ ބޮޑު އެއް ސިއްރަށެވެ. citizen.mv/7149

Citizen (@ctznmv) 's Twitter Profile Photo

In another country, this would be a major case that investigative agencies would pursue relentlessly. But this is the Maldives—a story not uncovered by investigators, but confessed openly by former President Abdulla Yameen. He frequently recounts how he accepted a $5 million

In another country, this would be a major case that investigative agencies would pursue relentlessly. 

But this is the Maldives—a story not uncovered by investigators, but confessed openly by former President Abdulla Yameen. 

He frequently recounts how he accepted a $5 million
Citizen (@ctznmv) 's Twitter Profile Photo

ގާނޫނުއަސާސީން މެންބަރުންނަށް ބަސް ބުނުމުގެ މިނިވަންކަން ފުޅާކޮށްފައި އޮތުމުން "ފައިސާ ގޯނި ހިފައިގެން" ހިނގި ވާހަކަ ވެސް ދައްކަންވީ އެވެ. ގޯސްވާ ހިސާބަކީ އެ ވާހަކަ އެ ވިދާޅުވި އިބާރާތުން ނޫސްވެރިން ލިޔުމެވެ ނުވަތަ ޓީވީން ދެއްކުމެވެ. citizen.mv/7162

Citizen (@ctznmv) 's Twitter Profile Photo

އޭޓީއެމް ބޭނުން ކުރާ މީހުންގެ އަދަދު މަދުވެ އެއަށް ގައުމީ ބޭންކް އިން ކުރަން ޖެހޭ ހަރަދު އިތުރުވެ އޭޓީއެމްއަށް ފައިސާ ފުރަން ރަށްރަަށް ބޭންކުގެ މުވައްޒަފުން ކުރާ "ބޭންކް ދަތުރު" އިތުރުވުމާއެކު ގިނަ އޭޓީއެމްތަކެއް ހުއްޓޭނެ އެވެ. citizen.mv/7178

Citizen (@ctznmv) 's Twitter Profile Photo

ނާޒިމް ވިދާޅުވި ގޮތުގައި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ބިލެކެވެ. މިއީ އެ ކްލެއިމްގެ ފެކްޓް-ޗެކް އެކެވެ. citizen.mv/7185

Citizen (@ctznmv) 's Twitter Profile Photo

ޕީއެންސީ މެންބަރުން ތާއީދު ކުރާ މި ބިލު އޮތީ ހަމައެކަނި ނޫސްވެރިންނަށް ނުރައްކާވާ ގޮތަކަށް ނޫނެވެ. ބިލުގެ 60 ވަނަ މާއްދާ އޮތް ގޮތުން ސޯޝަލް މީޑިއާގައި ފާޅު ކޮށްލާ ހިޔާލަކުން އާންމު މީހާ ވެސް ބެދިދާނެ އެވެ. citizen.mv/7200

Citizen (@ctznmv) 's Twitter Profile Photo

ސަރުކާރުގެ އަތެއް ނެތް ކަމަށް ދެއްކިޔަސް ބިލުގައި އޮތް އެއްޗެއް ހަންނާނަށް ވުރެ ބޮޑަށް ޕީއެންސީއަށް އެނގެ އެވެ. މެޖޯރިޓީން ބިލު ބަލައިގަންނަ ހިސާބުން އެއީ ސަރުކާރުގެ ބިލަކެވެ. ބިލުގައި ހަންނާނުގެ ސޮއި އޮތަސް ލައްގަނޑެއް ޖެހޭނީ ސަރުކާރުގަ އެވެ. citizen.mv/7206

Citizen (@ctznmv) 's Twitter Profile Photo

📹 Police detaining our editor, Moosa and other journalists during the protest in front of the President’s Office against the Media Control Bill. #Maldives

Citizen (@ctznmv) 's Twitter Profile Photo

Maldives journalists continue protests as media regulation bill advances. Despite government assurances of amendments, media groups call for the bill to be scrapped entirely, calling it a tool for control.